ހުޅުދުއްފާރު ދެކުނު އަވަށު މިސްކިތް

ހުޅުދުއްފާރު ދެކުނު އަވަށު މިސްކިތް

MVR 1,063,865

MVR 5,300,000 ން ލިބިއްޖެ

20.1%
16އެހީތެރިން
ރ. ހުޅުދުއްފާރުގައި މީގެ ތިރީހަކަށް އަހަރު ކުރިން އެންމެ ފުރަތަމަ މީހުން އާބާދުވި ދުވަސްވަރު އެކުލަވައިލެވުނު ބިން ބޭނުންކުރުމުގެ ޕްލޭންގެ ކުރެހުމުގައި، ރަށުގެ ދެކުނު އަވަށުގައި މިސްކިތެއް އެޅުމަށް ބިމެއް ޚާއްޞަކުރެވުނެވެ. ނަމަވެސް، މިއަދާ ހަމައަށްވެސް އެ ބިމުގައި މިސްކިތެއް ބިނާކުރެވިފައެއް ނުވެއެވެ. މިހާރު އެ ސަރަޙައްދަކީ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ، އަދި ފެނަކަ ފަދަ ގިނަ ޢަދަދެއްގެ މުވައްޒަފުން މަސައްކަތްކުރާ މުއައްސަސާތައް ޤާއިމުވެފައިވާ ސަރަޙައްދެކެވެ.
 މީގެއިތުރުން ރަށުގެ ޤަބުރުސްތާން އޮންނަނީ ދެކުނުކޮޅުގައި ކަމަށްވުމުން ބަންގީގެ އަޑު އެ ސަރަޙައްދަށް އިވެން އޮތީ ދެކުނު އަވަށުގައި މިސްކިތެއް އެޅިގެންނެވެ. އަދި ރަށުގެ އާބާދީ އިތުރުވަމުންދާތީ އެ ސަރަޙައްދުގައިވެސް ޤުރުއާން ކްލާހެއްގެ މުހިންމުކަމާއި، ޤަބުރުސްތާނާ ކައިރީގައި ހިނަވާގެއެއް ހުރުމުގެ މުހިންމުކަން ބޮޑުވެފައިވާތީ، ރ. ހުޅުދުއްފާރަށް ނިސްބަތްވާ އަމިއްލަ ޢާއިލާއަކުން އިސްނަގައިގެން މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިއުމަށް މިވަނީ ފަށާފައެވެ.

މަސައްކަތަށް އިސްނަގަން މެދުވެރިވި ސަބަބު: ލޯބިވާ ބައްޕަގެ އެންމެ ފަހުގެ ވަޞިއްޔަތް

މި މަޝްރޫޢުގެ ފެށުމަކީ އުމުރުން 90 އަހަރުގައި ދާދިފަހުން ނިޔާވި ބައްޕައެއްގެ މަތިވެރި ނިޔަތެވެ. ޢާއިލާއިން މައުލޫމާތު ދޭގޮތުގައި އެ ބައްޕައަކީ، ދީނީ ކަންކަމަށް ނުހަނު ލޯބިކުރެއްވި ހެޔޮލަފާ ބޭފުޅެކެވެ. އެންމެ ފަހު ވަގުތާ ހަމައަށްވެސް ނަމާދާއި ރޯދަ އަދި ޞަދަޤާތް ކުރުމުގައި ދެމިހުންނެވި އެ މަރުޙޫމަކީ އިށީނދެ ތިބެގެން ނަމާދުކުރާ ފަރާތްތަކަށް މިސްކިތަށް ގޮނޑި ހަދިޔާކުރުން ފަދަ ދަރުމަހުރި އެތައް ކަމެއް ކުރެއްވި ބޭފުޅެކެވެ.
މި ހުސްވި 1447 ވަނަ އަހަރުގެ ރަމަޟާން މަހު، އަމިއްލަ ޚަރަދަށް ބޭނުންވާ މިންވަރު ބެހެއްޓުމަށްފަހު، އެ ބައްޕަގެ ސޭވިންގްސް އިން 100,000 (އެއްލައްކަ) ރުފިޔާ އަދި މަންމަގެ ސޭވިންގްސް އިން 100,000 (އެއްލައްކަ) ރުފިޔާ މިސްކިތު ފަންޑަކަށް ހަދިޔާކޮށްދިނުމަށް ދަރިންގެ ކިބައިން އެދުނެވެ. ދަރިންގެ ވަގުތު ހުރިގޮތުން އެކަން ކުރުން ލަސްވާން ފެށުމުން، ކޮންމެ ގޮތަކުން ނަމަވެސް އެކަން ކޮށްދިނުމަށް ބައްޕައެދުނެވެ. އެއާއެކު އެ ފައިސާ ބޭނުންކޮށްގެން އަމިއްލައަށް މިސްކިތެއް އެޅުމަށް ބައްޕަ ގާތުގައި ދަރިން އެދުމުން އުފަލާއެކު އެކަމަށް ހިތްވަރުދެއްވައި، ރަށު ކައުންސިލާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުއްދަ ހޯދިއެވެ.
ނަމަވެސް ހުއްދަ ލިބުނުތާ އެއްމަސް ފަހުން އެ ބައްޕަ މި ދުނިޔެއާ އަލްވަދާއު ކިއެވެ. ވުމާއެކު، ބައްޕަގެ ހަނދާނުގައާއި އެ ބައްޕަގެ މަޤްޞަދު ޙާޞިލުކޮށްދިނުމަށްޓަކައި، އެންމެހައި ދީލަތި ފަރާތްތަކުގެ އެހީތެރިކަމާއެކު މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ޢާއިލާއިން ވަނީ ފަށާފައެވެ.

މަޝްރޫޢުގެ މުހިންމުކަމާއި ތަފްޞީލް

މި މަޝްރޫޢުގެ މައިގަނޑު އެއް ބޭނުމަކީ ރަސްމީ އަދި ޒާތީ މަސައްކަތްތަކުގައި ހުޅުދުއްފާރު ދެކުނު އަވަށުގައި އުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު ނަމާދަށް އެރޭނެ ގޮތް ހަމަޖެއްސުމާއި، އެ ސަރަޙައްދުގެ ކުދިންނަށް ފަސޭހަ ކަމާއެކުގައި ޤުރުއާން ކިޔަވައިދެވޭނެ ފުރުޞަތު ފަހިކޮށްދިނުމެވެ.
މި މަޝްރޫޢުގެ ދަށުން ބިނާކުރެވޭ މިސްކިތަކީ އެއްފަހަރާ 250 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައެއް އޮންނަ ގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ. އިސްލާމިކް މިނިސްޓްރީން ފާސްކޮށްދެއްވާފައިވާ، ހުޅުދުއްފާރު ބޮޑުތަކުރުފާނު މަގާއި ޒިޔާރަތްމަގު ކަންމައްޗަށް އޮތް 8,000 އަކަފޫޓުގެ ބިމުގައި ތަރައްޤީކުރާ މި އިމާރާތުގައި ހިމެނޭ ބައިތަކުގެ ތެރޭގައި؛
ނަމާދުކުރާ މައި ހޯލް، ޤުރުއާން ކްލާސް، ލައިބްރަރީ، ހިނަވާގެ، އިމާމު ކޮޓަރިއާއި ސްޓޯރޭޖް، ވުޟޫކުރާ ބައި، ފާޚާނާއާއި ފެންވަޅު، ޕާކިންގ އޭރިއާ އަދި ގޯތިތެރެ ހިމެނެއެވެ.

ބަޖެޓާއި ފައިސާ ހޯދުމުގެ ޕްލޭން

މި މަޝްރޫޢަށް ޖުމްލަ 5,300,000 (ފަސް މިލިއަން ތިންލައްކަ) ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފައެވެ. މި މަސައްކަތަށް ބޭނުންވާ ފައިސާ ހޯދުމަށް ހަމަޖެހިފައިވަނީ މިސްކިތް އިމާރާތްކުރާ ޢާއިލާގެ އަމިއްލަ ޚަރަދާއި، މިފަދަ ހެޔޮ ޢަމަލުތަކުގައި ބައިވެރިވެ މިސްކިތު ފަންޑަށް އެހީތެރިވާން އެދޭ ދީލަތި ފަރާތްތަކުން ވެދެއްވާ ހިލޭ އެހީގެ ތެރެއިންނެވެ.

މަޝްރޫޢުގެ މަގުޗާޓާއި ކުރިއަށް އޮތް ތާވަލް

މި މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ހުއްދަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން 19 ފެބްރުއަރީ 2026 ގައި ދެއްވާފައިވާއިރު، ރަސްމީ އެއްބަސްވުމުގައި ސޮއިކުރީ 3 އޭޕްރީލް 2026 ގައެވެ. މަޝްރޫޢު އެއްކޮށް ނިންމުމަށް ކަނޑައަޅާފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން ގިނަވެގެން 2 އަހަރު ދުވަހުގެ ތެރޭގައެވެ.
ބިން ސާފުކުރުމަށްފަހު، މިނިސްޓްރީގެ ބޭފުޅުން ވަޑައިގެން ޤިބްލަ ޖެހުމުގެ މަސައްކަތް 10 ޖުލައި 2026 (25 މުޙައްރަމް 1448) ގައި ވަނީ ފުރިހަމަކޮށްފައެވެ. އަދި ފެންވަރު ރަނގަޅު މަސައްކަތެއް ކުރުމަށްޓަކައި ކޮންޓްރެކްޓަރާއެކު 14 އޮގަސްޓް 2026 (1 ރަބީޢުލްއައްވަލް 1448) ގައި އެއްބަސްވުން އެކުލަވާލާފައިވާއިރު، ކޮންޓްރެކްޓަރަށް ބިން ޙަވާލުކުރުމާއި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައި ބިންގާ އެޅުމަށް ތާވަލުކުރެވިފައި ވަނީ 25 އޮގަސްޓް 2026 ގައެވެ.
މި މަތިވެރި މަސައްކަތަކީ ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން އެދިގެން ކުރެވޭ މަސައްކަތަކަށް ވީހިނދު، ދީލަތި އެންމެހައި އަޚުންނާއި އުޚުތުންގެ ދުޢާއާއި އެހީތެރިކަން މުހިންމެވެ.

މިވަގުތު އެއްވެސް އަޕްޑޭޓްއެއް ނެތް! ފަހުން ޒިޔާރަތްކޮށްލައްވާ!

ކެމްޕޭން ގިނަބަޔަކަށް ފޯރުކޮށްދިނުމަށް ޝެއާރ ކޮށްލަވާ

ކެމްޕޭން ގިނަބަޔަކަށް ފޯރުކޮށްދިނުމަށް ޝެއާރ ކޮށްލަވާ

ބޭނުންވާ އަދަދެއް ޖެއްސެވުމަށްފަހު ޑޮނޭޓައް ފިއްތާލައްވާ

އެންމެ ފަހުގެ އެހީތެރިން

ނަން ހާމަނުކުރާ އެހީތެރިއެއް

ނަން ހާމަނުކުރާ އެހީތެރިއެއް

MVR 100 | 39 މިނިޓް ކުރިން
Riyaz Ahmed

Riyaz Ahmed

MVR 500 | 58 މިނިޓް ކުރިން
ނަން ހާމަނުކުރާ އެހީތެރިއެއް

ނަން ހާމަނުކުރާ އެހީތެރިއެއް

MVR 10 | 1 ގަޑިއިރު ކުރިން
އަބްދުﷲ

އަބްދުﷲ

MVR 10 | 1 ގަޑިއިރު ކުރިން
ނަން ހާމަނުކުރާ އެހީތެރިއެއް

ނަން ހާމަނުކުރާ އެހީތެރިއެއް

MVR 50 | 5 ގަޑިއިރު ކުރިން
ހުސައިން އަލީ

ހުސައިން އަލީ

MVR 10 | 12 ގަޑިއިރު ކުރިން
އަބްދުﷲ

އަބްދުﷲ

MVR 15 | 12 ގަޑިއިރު ކުރިން
ހުސައިން ދީދީ

ހުސައިން ދީދީ

MVR 10 | 12 ގަޑިއިރު ކުރިން
އަހުމަދު އަލީ

އަހުމަދު އަލީ

MVR 10 | 12 ގަޑިއިރު ކުރިން
ނަން ހާމަނުކުރާ އެހީތެރިއެއް

ނަން ހާމަނުކުރާ އެހީތެރިއެއް

MVR 500 | 20 ގަޑިއިރު ކުރިން