އަޅުގަނޑުމެންނާއި މެދު

އެދިހަ މިވެބްސައިޓަކީ އާއްމު ފަރުދުންނަށް "ކްރައުޑް ފަންޑިންގް"ގެ އުސޫލުން އެހީ ހޯދުމަށް ހެދިފައިވާ މަންސައެކެވެ. މިވެބްސައިޓް މެދުވެރިކޮށް އާއްމު ފަރުދުންނަށް ބޭސް ފަރުވާއަށާއި، ތަޢުލީމު ޚާޞިލްކުރުމަށް ނުވަތަ ބިލްދެއްކުމަށާއި ދިރިއުޅުމުގެ ޟަރޫރީ ކަންކަން ފުއްދުން ފަދަ ކަންކަމުގައި މާލީ އެހީ އެއްކުރުމަށް ކެމްޕެއިން ހެދޭނެއެވެ. މިގޮތުން ހެދޭ ކެމްޕެއިންތައް އާއްމުންނަށް ހުޅުވާލެވޭނީ އެހީ ޖަމިއްޔާގެ ޚާއްސަ ޓީމަކުން އެކެންޕެއިންތައް ވެރިފައި ކުރުމަށް ފަހުގައެވެ.
ޔަޤީންކަން ކަށަވަރުކުރެވުމުން، ކެންޕެއިންތަކަށް ފައިސާ ދިނުމަށް އާއްމުންނަށް ހުޅުވާލެވޭނެއެވެ. އެގޮތުން ވެބްސައިޓް މެދުވެރިކޮށް 18އަހަރުން މަތީގެ ކޮންމެ ފަރާތަކަށްވެސް ފަސޭހަކަމާއެކު ކެމްޕއެިންތަކަށް ޑޮނޭޓްކުރެވިދާނެއެވެ.
އެހީގެ ގޮތުގައި އެއްކުރެވޭ ފައިސާ ޚަރަދު ކުރެވޭނީ އެހީގެ ބެލުމުގެ ދަށުން އެހީތެރިކަމަށް އެދިފައިވާ ކަންކަމުގައި އެކަންޏެވެ. އަދި އެފައިސާ ހޭދަކުރެވުނު ގޮތުގެ ތަފްޞީލް މިމަންސައިގައި އާއްމުކުރެވޭނެއެވެ. އެގޮތުން ނަގުދު ފައިސާ ދިނުމުގެ ބަދަލުގައި އިސްކަންދެވޭނީ އެހީތެރިކަން ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމަށެވެ. އަދި ކުރެވުނު ޚަރަދުތަކުގެ ތަފްޞީލު ދެފުށްފެންނާނެ ގޮތަށް އާއްމުކުރެވޭނެއެވެ.
މިވެބްސައިޓަކީ އެހީ ޖަމިއްޔަގެ އިސްނެގުމުގެ މަތީން ޖަވާބު ޕްރައިވެޓް ލިމިޓެޑް އިން ސީއެސްއާރު ގޮތުގައި ޑިވެލޮޕްކޮށްދީ ބަލައްޓާ ވެބްސައިޓެކެވެ.